ދިވެހިރާއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، ގުދަން ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:
މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީހިސާބުބަލައިގަތުމާހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ. ސިކަންދަރު، 02 ވަނަ ފަންގިފިލާ، ލޮނުޒިޔާރަތް މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.