މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ފުޓްސަލް، ވޮލީ އަދި ހޭންޑްބޯލް މުބާރާތަށް ތައްޔާރުވުމާއި ގުޅޭ

                                       

ޢިއުލާން

 

ރ.އަތޮޅު ފުޓްސަލް، ވޮލީ އަދި ހޭންޑްބޯލް މުބާރާތަށް ތައްޔާރުވުމާއި ގުޅޭ

ރ.އަތޮޅު ފުޓްސަލް، ވޮލީ އަދި ހޭންޑްބޯލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން،ޓީމްތައް އެކުލަވާލުމަށްޓަކައި ޓީމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު  08 އޮގަސްޓު 2024 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.  ވީމާ، ރަށުގެ ފުޓްސަލް، ވޮލީ އަދި ހޭންޑްބޯލް ޓީމުގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނާއި ދަރިވަރުން ތިރީގައި މިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުން  އެދެމެވެ. 18 އަހަރުން ދަށުގެ ކުދިންނާއި ސުކޫލް ކުދިންނަށް ބައިވެރިވެވޭނީ އެކުއްޖަކު މުބަރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާ އަދި ސްކޫލް އިޢުތިރާޒް ނުކުރާކަމުގެ ލިޔުމެއް ކައުންސިލަށް ހުށަހެޅުމުންނެވެ.

https://forms.gle/kJkk2B2v2VraSdMK8

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

17 ޖުލައި 2024
ހޯދާ