އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

 

ނީލަން ކިއުން

 

ވައިގެ މަގުން ރާއްޖެއަށް  އެތެރެކުރާ މުދާތަކުގެ ތެރެއިން މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަން ކިއުމަށްޓަކައި ކުރި އިއުލާން ނަންބަރ: AIA-E3/IL/2024/003 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް، އަލުން އިއުލާން ކުރަމެވެ. 

ނީލަން ކިއުމަށް ބޭނުންވާ މުދަލުގެ ތަފްސީލް

#

މުދަލުގެ ތަފްސީލް

ޢަދަދު

ރޭޓް

ޖުމްލަ (ފެށޭ އަގު)

އިތުރު ކުރެވޭ

1

ޓަޔަރ (HD 962)  

4

925.00

3،700.00

50.00

2

ޓަޔަރ ( 8-60 / 215)

50

539.00

26،590.00

100.00

         

ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖުލައި 2024 ވާ ހޯމަ ދުވަހު 10:00 އަށް މިކުންފުނީގެ ކާރގޯ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ދައްކާލުންވެސް މިގަޑީގައި އޮންނާނެއެވެ.

ނީލަން ކިއުން އޮންނާނީ  25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ.  ނީލަމުން ނަންގަވާ މުދަލުގެ އަގު ނީލަން ނިމޭތާ  7 ދުވަސް ތެރޭގައި މިކުންފުންޏަށް ދައްކާ ޚަލާސްކުރުމަށްފަހު މުދާ ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި މުދަލަށް ހަމަޖެހިފައިވާ އުސޫލުން ޑެމަރޭޖް ޗާޖް ކުރެވޭނެއެވެ. އަދި 10 ދުވަސް ތެރޭގައި ނުގެންގޮސް ހުރިނަމަ ނީލަން ކެންސަލް ވާނެ ވާހަކަ ދަންނަވެމެވެ.

 

ނޯޓް: މިނީލަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭނެއެވެ. އަދި ކުންފުނީގެ ބޯޑްގެ މެމްބަރުންނާއި މެނޭޖްމަންޓްގެ ބޭފުޅުން، ޑިޕާޓްމަންޓް/ސެކްޝަން ތަކުގެ ވެރިން، އެސިސްޓެންޓް މެނޭޖަރުން އަދި ބޯޑް މެމްބަރުންގެ ޢާއިލާގެ މެމްބަރުންނަށް ބައިވެރިނުވެވޭނެއެވެ.

 

17 ޖުލައި 2024
ހޯދާ