ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 އޮގަސްޓް 2024 11:00 ގައި ބާތިލް ކުރެވިފައެވެ.
`
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު
މަރަދޫފޭދޫ
ދިވެހިރާއްޖެ
ނަންބަރު:7/S5C-A/2024
އިއުލާނު |
|||||||||||||||||||
މަޤާމް: |
ޕެރަލީގަލް |
||||||||||||||||||
ބޭނުންވާ ޢަދަދު: |
01 |
||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||
މަޤާމުގެ ރޭންކު: |
JS10-1 |
||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް އެސިސްޓެންޓް |
||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް |
||||||||||||||||||
މުސާރަ: |
-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
||||||||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ނިޔާކަނޑައަޅާ މައްސަލަތަކުގެ ޚުލާސާ ރިޕޯޓާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓު ކުރުމުގައި އެހީތެރިވެދިނުން. 2- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމަށް އެހީތެރިވެދިނުން. 3- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސެޖުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން. 4- އެކިއެކި ކޯޓުތަކުން މީހުން ހާޟިރުކޮށްދިނުމަށް ފޮނުވާ މެސެޖުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެޅުން. 5- ދާއިރާގެ މެޖިސްޓްރޭޓުންނަށާއި ކްލަސްޓަރ ކޯޓުތަކުގެ ކަމާއިބެހޭ މުވައްޒަފުންނަށް ބޭނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. 6- ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެއްބާރުލުން ދިނުން. 7- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ތައްޔާރުކުރުމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާ ދިނުން. 8- ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފަށް ޙަވާލުކުރުން. 9- ހައްޔަރު އަމުރާއި، ބަލައިފާސްކުރުމުގެ އަމުރާއި އެހެނިހެން ކޯޓު އަމުރު ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް މެޖިސްޓްރޭޓުގެ ލަފާގެ މަތިން ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކޯޓު އަމުރު ތައްޔާރުކުރުން. 10- ވަލީ ހަމަޖެއްސުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ބަޔާން ނެގުން. 11- ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމްތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކުރުމަށްފަހު، ފޯމުގައި އިސްލާޙްކުރަންޖެހޭ ތަންތަން ފާހަނގަކޮށް، ފޯމް އިސްލާޙްކުރުމަށާއި ފޯމްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެ މަސައްކަތްކުރާ މުވައްޒަފާއި ޙަވާލުކުރުން. 12- އެ ކޯޓަކުން ނިމޭ މައްސަލަތަކުގައި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވިފައިވޭތޯ ޗެކްކުރުން. 13- ތާވަލްކުރާ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި، ނިމޭ މައްސަލަތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ސީ.އެމް.އެސް އިން ޤަވާއިދުން އަޕްޑޭޓްކޮށް އެކަން ބަލަމުން ގެންދިއުން. 14- އިދާރީގޮތުން ކޯޓުން ތައްޔާރުކުރާ އެއްބަސްވުން ނުވަތަ އެގްރިމެންޓްތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 15- ނުނިމޭ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިއަށް ތާވަލުކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، މައްސަލަތައް އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. 16- ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ތަފާސް ހިސާބު ރިޕޯޓު ތައްޔާރުކުރުން.
|
||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||||||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނު |
|||||||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: - ޝަރީޢާ / ޝަރީޢަތާއި ޤާނޫނު / ޤާނޫނު - ޕްރިފައިޑް ޑިސިޕްލިންތައް : ނެތް - މަޤާމްގެ ކޯ ޑިސިޕްލިންތައް: 1- ޝަރީޢާ / ޝަރީޢަތާއި ޤާނޫނު / ޤާނޫނު ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ. |
|||||||||||||||||||
އެހެނިހެން ޝަރުތު |
2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ 2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ 2.5. އަނބިމީހާ ނުވަތަ ފިރިމިހާ؛ 2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛ 2.7. މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛ 2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛ 2.9 ދެބޭންގެ ދެދަރި މީހަކު. ކަމުގައި ނުވުން
|
||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް" |
||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2024 ގެ13:00 ގެ ކުރިން، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]))މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 30 ޖުލައި 2024 އާއި 10 އޮގަސްޓް 2024 ދެމެދު އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އިންޓަރވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ. |
||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ނޯޓިސް ބޯޑުގައި އަދި ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
|
10 މުޙައްރަމް 1446
16 ޖުލައި 2024