ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ

18 މޭ 2015 ގައި މިކައުންސިލުން އިޢުލާން ކޮށްފައިވާ ފުވައްމުލަކު މާދަޑު ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ވަކިން ހުރި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކުރި ނަންބަރު: (IUL)424-CO/424/2015/30 ގެ އިޢުލާނަށް އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އަލުން މި އިމާރާތް ކުއްޔަށްދިނުމަށް އިޢުލާން ކުރަމެވެ.

ވީމާ މި ޢިމާރާތް ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕުރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

          6 ޝަޢުބާން 1436ހ.     

24 މޭ 2015
ހޯދާ