ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު:(IUL)MMPRC-HR/1/2024/52
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: މެނޭޖަރ، އެޑްމިނިސްޓްރޭޝަން |
- މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/4,788 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/4,104 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާޓްމަންޓް / ސެކްޝަން: އެޑްމިނިސްޓްރޭޝަން |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޮންމެ ކުއަރޓަރއެއްގެ ކުއަރޓަރލީ ބަޖެޓް ތައްޔާރުކޮށް ވަކިވަކި ޑިޕާޓްމަންޓްތަކުން ފޮނުވުމުން އެރިޕޯޓްތައް ކޮމްޕައިލް ކޮށް ކޯޕަރޭޝަންގެ ކުއަރޓަރލީ ބަޖެޓް ރިޕޯޓް ތައްޔާރުކުރުން. ށ. ކޯޕަރޭޝަންގެ ސްޓޮކް އަދި އިންވެންޓްރީގެ މަސައްކަތް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން. ނ. ކޯޕަރޭޝަނުން ކުރެވޭ އެންމެހާ ދަތުރުތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ކުރުން. ރ. ޑިޕާޓްމަންޓްގެ ޕޮލިސީސްތަކާއި، އެސްއޯޕީސްތައް އެކުލަވާލުމުގެ މަސައްކަތް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ކުރުން. ބ. ކޯޕަރޭޝަންގެ އަހަރީ ރިޕޯޓަށް ބޭނުވާ މަޢުލޫމާތު އެހެން ޑިޕާޓްމަންޓަކުން ހޯދައި، ކަނޑައެޅިފައިވާ މުއްދަތަށް ރިޕޯޓް ތައްޔާރުކުރުން. ޅ. ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ކުރުން. ކ. ރިސެޕްޝަންގެ މަސައްކަތް މޮނިޓަރަކޮށް، އެތަނުން ދެވޭ ޚިދުމަތަކީ މަތީ ފެންވަރުގެ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރުން. އ. ކޯޕަރޭޝަނަށް ލިބޭ އެންޓްރީތައް ކަނޑައެޅިފައިވާ ވަގުތުތަކުގައި ކަމާގުޅުންހުރި ޑިޕާޓްމަންޓަކަށް ހަވާލުކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. ވ. ކޯޕަރޭޝަން ހުންނަ އިމާރާތުގެ މެއިންޓެނެންސް އާ ގުޅުންހުރި މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން. މ. ޓީމުގެ އެހެން މެމްބަރުންގެ މަސައްކަތް މޮނިޓަރކޮށް، ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން. ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހާއި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |