ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް 2024
ތައިލޭންޑުގައި ނޮވެމްބަރުމަހުގެ 21 ން 30 ށް ބާއްވާ 6 ވަނަ އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ޤައުމީ ސީނިއަރ ޓީމެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ޤައުމީ ކޯޗުގެ ދަށުން ހިނގާ ޕްރެކްޓިސްތަކުގައި ބައިވެރިވާ ކުޅުންތެރިން ފިޔަވައި، ބެޑްމިންޓަން އެކަޑަމީއެއްގައި ފާއިތުވި 3 މަސް ދުވަހު ގަވައިދުން ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވާ ކުޅުންތެރިންގެ ތެރެއިން، މި މުބާރާތުގެ ސިލެކްޝަން މެޗުތަކުގައި ބައިވެރިވުމަށް އެދޭ ކުޅުންތެރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް މި އެސޯސިއޭޝަނަށް 17 ޖުލައި 2024ވަނަ ދުވަހުގެ 1400ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް : [email protected]
އީމެއިލާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ޓީމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން؛
- ބެޑްމިންޓަން އެކަޑަމީއެއްގައި ފާއިތުވި 3 މަސް ދުވަހު ގަވައިދުން ފަރިތަކުރިކަމުގެ ލިޔުމާއި އެޓެންޑެންސް ރިޕޯޓު(80% ހަމަވާ).
ނޯޓު: ސިލެކްޝަން ކުރިއަށްދާނީ ޖުލައި 18ން 20ށް މާލޭ ކުޅިވަރު އެކުވެނީގައެވެ.
16 ޖުލައި 2024
ހޯދާ