މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިއުލާން

ގަވާއިދު ނަންބަރު 2023/R-20 (ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެރިޓައިމް ތަމްރީނުދޭ އިންސްޓްރަކްޓަރުން މިމިނިސްޓްރީން ހުއްދަ ދީފައިވާ މެރިޓައިމް ތަމްރީން ކޯސްތަކުގައި ކިޔަވައި ދިނުމަށްޓަކައި ހުއްދަ ހޯދުމަށް ހުށަހަޅާނީ އެ އިންސްޓްރަކްޓަރަކު އަމިއްލައަށް މިމިނިސްޓްރީގެ ޕޯޓަލް eportal.tranport.gov.mv މެދުވެރިކޮށްކަމުގައި ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. މެރިޓައިމްއާއި ގުޅޭ ތަމްރީނު ކޯސްތަކުގައި ކިޔަވައި ދިނުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަމުން ގެންދާނެއެވެ. މި ލިސްޓުގައި ހިމެނޭ އިންސްޓްރަކްޓަރުން މެދުވެރިކޮށް މިމިނިސްޓްރީން ހުއްދަ ދީފައިވާ ކޮންމެ އިންސްޓިޓިއުޓެއްގައިވެސް އެ އިންސްޓްރަކްޓަރަކަށް ހުއްދަ ދީފައިވާ ކޯސްތައް ކިޔަވައި ދެވޭނެ ވާހަކަވެސް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

16 ޖުލައި 2024
ހޯދާ