ދިވެހިރާއްޖެ
އިޢުލާން
މަޤާމު |
ފާމަސޫޓިކަލް އޮފިސަރ |
||||||||||||
މަޤާމުގެ ނަންބަރު |
J-396149 |
||||||||||||
ބޭނުންވާ އަދަދު |
01 (އެކެއް) |
||||||||||||
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||
މަޤާމުގެ ރޭންކް |
ޕީ.އެސް.އާރ 5- ސްޓެޕް 1 |
||||||||||||
ޑިވިޝަން/ ސެކްޝަން |
އިންސްޕެކްޓަރޭޓް ޑިވިޝަން/ ފާމަސޫޓިކަލް ބޯޑަރ އިންސްޕެކްޝަން ސެކްޝަން/ ސެންޓްރަލް ޔުނިޓް |
||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ/ ސީޕޯޓާއި އެއަރޕޯޓް |
||||||||||||
މުސާރަ |
9991/-ރުފިޔާ |
||||||||||||
ސަރވިސް އެލަވަންސް |
-/2997 ރުފިޔާ |
||||||||||||
އެހެނިހެން އެލަވަންސް |
|
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. ރާއްޖެއަށް އެތެރެކުރާ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އެތެރެވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޤަވާއިދާއި، ޕޮލިސީއާއި ޕްރޮސީޖަރތަކާއި އެއްގޮތްވާގޮތުގެ މަތިން ބޭސް ހުންނަންޖެހޭ ފިނިހޫނުމިނާއި ކަނޑައެޅިފައިވާ ސްޓޭންޑަރޑްގައިތޯ ބަލައި ޔަގީންކުރުމާއި، ރާއްޖެ އެތެރެވާ ބޭހަކީ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްކަން ކަށަވަރުކުރުމުގެ ގޮތުން ޕޯޓްތަކުގައި ކުރަންޖެހޭ އިންސްޕެކްޝަން ހަދާ ޝިޕްމަންޓްތަކަށް ހެލްތް ކްލިއަރެންސް ދިނުމާއި މިންގަޑަށްނުފެތޭ ބޭހާއި ހުއްދަނޫން ބޭސް އެތެރެވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްކޮށް ދާއިމީ ގޮތެއްގައި ތަރައްގީކޮށް ފެންވަރު ރަނގަޅުކުރުމުގެ އެންމެހާ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކޮށް ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބަލަހައްޓާ ދެމެހެއްޓުން. 2. ރާއްޖެ އެތެރެކުރާ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސްއަށް ކްލިއަރަންސް ދިނުމަށްފަހު އެތެރެކުރާ އަދި ހިފަހައްޓާ ބޭހުގެ ރެކޯޑްސް ބަލަހައްޓާ ދެމެހެއްޓުމުގެ އިތުރުން މިމައުލޫމާތު ތަކުގެ ފެންވަރު ހަރުދަނާކޮށް މި ނިޒާމް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެމަތިން ކޮށް ސެކްޝަން އަދި ޑިވިޝަން ހެޑަށް ރިކޯޑްސް ހުށަހެޅުން. 3. ޕޯޓް ތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު (ޔައުމިއްޔާ އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު) ފޯރުކޮށްދީ ބެލެހެއްޓުމަށްޓަކައި މައުލޫމާތު ޑޭޓާ އެންޓްރީއަށް އެންޓަރކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާ، ފައިލްކޮށް ބެލެހެއްޓުމާއިއެކު ހެޑްއޮފީހަށް ފޮނުވުން. 4. ކައުންޓަރފީޓް ބޭހާއި ސަބްސްޓޭންޑާރޑް ބޭސް ދެނެގަތުމަށްޓަކައި ޕޯޓް ތަކުން ހޯދޭ މައުލޫމާތު ސުޕަވައިޒަރ އަދި ޑިވިޝަން ހެޑްއާއި ހިއްސާ ކޮށް މި ނިޒާމް ގާއިމްކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުން. 5. ޕޯޓްތަކުގައިކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކޮށް، ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރު، ސެކްޝަން ހެޑް އަދި ޑިވިޜަން ހެޑްގެ ލަފާގެ މަތިން ކުރުމުގައި ބައިވެރިވެ، ހިއްސާވުން. 6. ބޭހުގެ އެލާޓް ތަކާއި ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި ރިކޯލްކުރުމުގެ އެންމެހާ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކުރިއަށްގެން ދިއުން. 7. ޕޯޓް ތަކުން ދާއިމީކޮށް ހިފަހައްޓާ ބޭސް، ނައްތާލުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން. 8. ފާމަސީ އަދި ގުދަން އިންސްޕެކްޝަން ގައި ބައިވެރިވުން. 9. ޕޯޓް ހިންގުމުގެ އިދާރީ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން ކުރުން. 10. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. 11. ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
||||||||||||
މަޤާމުގެ ޝަރުތުތައް |
|
||||||||||||
ތަޢުލީމީ ރޮނގުތައް:
|
|||||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް
|
|||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ،އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.) 6. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވެ، ލިބިފައިވާ ލައިސެންސްގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 2024 ޖުލައި 23 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
||||||||||||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2024 ޖުލައި/އޮގަސްޓް މަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ. |
||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3014322 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
16 ޖުލައި 2024
10 މުޙައްރަމް 1446