|
މި އިޢުލާންގައި ބަޔާން ކޮށްފައިވާ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް / ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ސާފުކޮށް ބަލަހައްޓަން ޖެހޭ ތަންތަނުގެ މަޢުލޫމާތު
|
ބޮޑުމިން
|
ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)
|
19,320އފ
|
2،000.00ރ
|
7,296އފ
|
1،000.00ރ
|
48,750އފ
|
2،000.00ރ
|
16،250އފ
|
1،500.00ރ
|
1820ފ
|
5،000.00ރ
|
|
- ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަންފޮތް ގަންނަ ފަރާތްތަކަށެވެ. ބީލަންފޮތް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- § ބީލަމުގައި ރަޖިސްޓަރީ ވުމަށް:https://forms.gle/RbcrNFXeg5BP6dTg8
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 18ޖުލައި 2024 (ބުރާސްފަތި) ދުވަހުގެ 13:00 އާއި ހަމައަށެވެ.
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ25ޖުލައި 2024 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 25ޖުލައި 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|