މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރު ސޮފްޓްވެއަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެޗް.އާރު ސޮފްޓްވެއަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއި އެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އެޗް.އާރު ސޮފްޓްވެއަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލާން ހުޅުވުން އޮންނާނީ 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި މުލަކު ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައިވާ އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 24 ޖުލައި 2024 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް އެޑްރަހަށެވެ. މި އިޢުލާނު ކައުންސިލްގެ ވެބްސައިޓް www.mulah.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައި ވާނެއެވެ.

16 ޖުލައި 2024

16 ޖުލައި 2024
ހޯދާ