މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބެތިމެޓްރީ ސަރވޭ ހެދުމަށް

އަންދާސީހިސާބު ހޯދުމަށް އެދި

ރާއްޖޭގައި އުޅޭ ފާނައިގެ އާބާދީ ޙިމާޔަތްކުރުމަށްޓަކައި މެރިން ރިސާރޗް ސެންޓަރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފާނަބިސް ދޫކުރަން ޖަމާވާ 5 ސަރަޙައްދެއް މިހާރު ވަނީ ޙިމާޔަތްކޮށްފައެވެ. އަދި މި ސަރަޙައްދުތައް ގަވާއިދުން މޮނިޓަރކޮށް، ޖަމާވާ ފާނައިގެ ސައިޒާއި ބާވަތްތަކަށް އަންނަ ބަދަލު މޮނިޓަރ ކުރުމުގެ ގޮތުން 5 (ފަސް) ސަރަޙައްދެއް އިތުރަށް ދެނެގަތުމަށްޓަކައި އެ ސަރަޙައްދުތަކުގެ ބެތިމެޓްރީ ސަރވޭ ހެދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339211 / 3322242 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

20 މޭ 2015
ހޯދާ