މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން - ޖުލައި 2024

މި އިޢުލާންވަނީ 20 ޖުލައި 2024 21:13 ގައި ބާތިލް ކުރެވިފައެވެ.


                                                   ނަންބަރު: (IUL)303-CA/303/2024/48  

އިޢުލާން

 

2024ޖުލައި 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު

 

          މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކާއި ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، 2025 ވަނަ އަހަރު ހިންގުމަށް މިކައުންސިލުން ތާވަލް ކޮށްފައިވާ ހަރަކާތްތަކާއި އެ ހަރަކާތްތަކަށް ލަފާކުރާ ބަޖެޓް ހިމެނޭ ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ އާއްމު ބައްދަލުވުން 2024 ޖުލައި 26 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް ހޯލްގައި އޮންނާނެވެ.

މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

  • 2024 ވަނަ އަހަރުގެ އުނގޫފާރު ކައުންސިލްގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް
  • އުނގޫފާރު ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން

       ވީމާ، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތްދެއްވުމަށް 2024 ޖުލައި 26 ވާ ހުކުރު ދުވަހުގެ ރޭ 20:30 އަށް އުނގޫފާރު ސުކޫލް ހޯލަށް ވަޑައިގަތް ދެއްވުން އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

15 ޖުލައި 2024
ހޯދާ