ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން "މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް"ގެ ނަމުގައި ސްކީމެއް ތަޢާރަފުކުރުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. މިސްކީމްގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިކަމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރަށް ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް، 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު، ސްކީމަށް އެދި ހުށަހަޅާނެ ފޯމު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލްގެ ޓެމްޕްލޭޓް މިއިޢުލާނާއިއެކު އާންމުކުރަމެވެ.
އަދި މި ސްކީމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ 02 ސެޝަންއެއް ތިރީގައިވާ ތާވަލާއި އެއްގޮތަށް އެން.އޯ.ސީ އިމާރާތުގެ ތިރީ ހޯލުގައި އޮންނާނެއެވެ.
ގަޑި |
ތާރީޚް |
ސެޝަންހާއްސަކުރެވިފައިވާ ފަރާތްތައް |
20:30 |
21 ޖުލައި 2024 |
އަންހެން ބޭފުޅުން |
20:30 |
22 ޖުލައި 2024 |
ފިރިހެން ބޭފުޅުން |
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯން 6527153 ނުވަތަ 6527165 އަށް ގުޅުއްވުން އެދެމެވެ.