ދިވެހިރާއްޖެ
އިޢުލާން ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫއިން ބިން ދޫކުރުން
ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު (IUL)285/285/2024/10 އާއި ގުޅިގެން ހެނބަދޫގައި ތެޔޮޝެޑެއް ޤާއިމްކުރުމަށްޓަކައި ބިން ދޫކުރުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަމުގައި ރަޖިސްޓްރީކޮށްފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަލަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްސަކޮށް ހުޅުވާލެވޭ ބިމެކެވެ. ބިން އޮތް ސަރަހައްދާއި ބޮޑުމިން: މިބިމަކީ ހެނބަދޫ ބަނދަރުގެ އިރުމަތި ފަރާތުގައި އޮންނަ، ޖުމްލަ 2542.59 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު R-160/2015) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު (ޤަވާއިދު ނަމްބަރު (R-219/2015) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދަށް 2 ވަނަ އިސްލާހް ގެނައުމުގެ ޤަވާއިދު (R-67/2021) އާއި އެއްގޮތްވާގޮތުމުގެ މަތިންނެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 މުޙައްރަމް 1446 15 ޖުލައި 2024
|