ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ބަނދަރު ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން
ތިނަދޫ ސިޓީގެ ބަނދަރު ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރި އިޢުލާން (IUL)415/415/2024/109)ބާތިލުކޮށް މިމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 22 ޖުލައި 2024 ވާ ހޯމަ ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 15 ޖުލައި 2024 – 22 ޖުލައި 2024 | 
 | 13:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާ/މެއިލް މެދުވެރިކޮށް | 
| ބީލަން ހުށަހެޅުން | 29 ޖުލައި 2024 | ހޯމަ | 13:30 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
 
                    