މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އާ ގުޅޭ

30 ޖޫން 2024 ތާރީޚުގެ ނަންބަރު MTCC-CS/IU/2024/0013 އިޢުލާނުގެ ދަށުން ކުންފުނީގެ ޙިއްޞާދާރުންނަށް ދެވިފައިވާ މި ކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އާ ހަވާލާދީ ދަންނަވަމެވެ.

މި ކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލުގެނެސްފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިގޮތުން 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢުމަރު ޒާހިރު ބިލްޑިންގ، މަލްޓިޕާޕަސް ހޯލު، 6 ވަނަ ފަންގިފިލާގައެވެ.

 

މަތީގައި ހަވާލާދީފައިވާ ބަދަލު ފިޔަވައި، 2024 ޖޫން 30 ތާރީޚުގެ ނަންބަރު MTCC-CS/IU/2024/0013 އިޢުލާނުގެ ދަށުން ދެވިފައިވާ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އަށް އިތުރު އެއްވެސް ބަދަލެއް އައިސްފައިނުވާކަމާއި، އެނޯޓިހުގައި ބަޔާންކުރާ ތާރީޚާއި ވަގުތުގައި އަހަރީ ޢާންމު ޖަލްސާ ބޭއްވޭނެކަމުގައި ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

14 ޖުލައި 2024
ހޯދާ