ދިވެހިރާއްޖެ
(IUL)438-WMPC/438/2024/294:ނަމްބަރު
މިނިސްޓްރީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ- މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ އިންޑިޕެންޑެންޓް އިވެލުއޭޝަން އަދި ސްޓްރެޓެޖިކް އެގްޒިޓް/ ސަސްޓެއިނަބިލިޓީ ޕްލޭން ހެދުމުގެ ކޮންސަލްޓެންސީ -
އެެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ އިންޑިޕެންޑެންޓް އިވެލުއޭޝަން އަދި ސްޓްރެޓެޖިކް އެގްޒިޓް/ ސަސްޓެއިނަބިލިޓީ ޕްލޭން ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް ފޯރުކޮދޭނެފަރާތެއް ހޯދުމުށް ބޭނުންވެއެވެ. ވީމާ މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތުހުޅުވާލަމެވެ.
އިތުރު މައުލޫމާތު ޓީ.އޯ.އާރު ގައި ތަފްސީލު ކުރެވިފައިވާނެއެވެ.
މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ (8). ކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ (9) އިވެލުއޭޝަން ކްރައިޓީރިއާގައި ވާނެއެވެ.
ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
- ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި މަސައްކަތުގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތައް ބޭނުންވާ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭފަދަ ލިޔެކިޔުމުގެ އިތުރުން މިފަދަ އެސައިންމެންޓްތައް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- މަދުވެގެން 3 ފަރާތަކުން ހޯދާފައިވާ މަސައްކަތް ނިމުނުކަމުގެ ރެފެރެންސް ލިޔުން ހުށަހަޅަންވާނެއެވެ.
- މެނޭޖްމެންޓް އެންޑް އިމްޕްލިމެންޓޭޝަން ޕްލޭން
- ފައިނޭންޝަލް ޕްރޮޕޯޒަލް (ޓީ.އޯ.އާރްގެ އެންކްސް 1- ފައިނޭންޝަލް ބްރޭކްޑައުން ފޯރމް)
މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވެ.
Email subject: “Expresion of Interest - Consultant Services for: Independent Evaluation and development of a Strategic Exit /Sustainability Plan for Maldives Clean Environment Project”
އެޑްރެސް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގް/ މާލެ، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ފޯނު ނަންބަރު: 3018300
14 ޖުލައި 2024