ދިވެހިރާއްޖެ
Al Azhar University Scholarship 2024/2025, Egypt |
މިޞްރުގެ އަލް އަޒްހަރް ޔުނިވަރސިޓީގައި އަންޑަރގްރެޖުއޭޓް ލެވަލްއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާކަމަށް ކޮލަމްބޯގައި ހުންނަ މިޞްރު އެމްބަސީއިން ވަނީ އަންގާފައެވެ. ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 އޮގަސްޓު 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ހުށަހެޅުމަށް އެދެމެވެ. މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://service.azhar.eg/Services/ForeignStudentRegistration ޔުނިވަރސިޓީ ވެބްސައިޓް: https://www.azhar.eg/splash.html ......................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |