ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރު ބަނދަރު ސަރަޙައްދުން ތެޔޮވިއްކުމަށް ބިން ކުއްޔަށް ދިނުމާއި ބެހޭ

އިޢުލާން

ފާދިއްޕޮޅު ހިންނަވަރު ބަނދަރުގެ ދެކުނު ކޮޅުގައި އޮތް ބިމުގައި މިހާރު ތެޔޮވިއްކުމަށް ހަދާފައިވާ ޢިމާރާތުގެ ހުޅަނގުން 1200 (ބާރަސަތޭކަ) އަކަފޫޓް ގެ ބިމެއް 20 އަހަރުދުހަވުގެ މުއްދަތަށް، ތެލުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލައި، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އަދި ބިމުގެ ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 21 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 28 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

14 ޖުލައި 2024
ހޯދާ