ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފޮއްދޫ ކައުންސިލުން ކުރިޔަށްގެންދިޔަ ޙަރަކާތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، 2024 ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި ފޮއްދޫ ޕްރީސްކޫލް ގައި އޮންނާނެއެވެ.
މި ބައްދަލުވުމުގައި ނ. ފޮއްދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ހިނގާ ދިޔަ ގޮތުގެ ރިޕޯޓް އަދި މި އަހަރު ބާކީ އޮތް މުއްދަތުގައި ކައުންސިލުން ކުރިޔަށްގެންދާ ޙަރަކާތްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވޭނެއެވެ.
މި ބައްދަލުވުމަށް ފޮއްދޫގެ އެންމެހާ ރައްޔިތުން ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.