ދިވެހިރާއްޖެ
އިޢުލާން
މި ބިއުރޯގައި ބޭނުން ކުރަމުންދާ، ފަޔަރވޯލް ލައިސަންސް އަދި މައިކްރޯސޮފްޓް 365 ބިޒްނަސް ލައިސަންސް 1 އަހަރު ދުވަހަށް އައުކުރަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: (IUL)457-/1/2024/23 ( 27 ޖޫން 2024 )އާއި ގުޅިގެން ދީފައިވާ މައުލޫމާތަށް ބައެއް ބަދަލުގެނެސް އަލުން އަގު ހޯދަން ބޭނުންވާތީވެ، ކުރިން ކުރެވުނު ޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، ހަމައެކަނި ފަޔަވޯލް ލައިސަންސް 1 އަހަރުދުވަހަށް އައުކޮށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ފަޔަވޯލް ލައިސަންސް އައުކުރުމުގެ ޚިދުމަތް ދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 21 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ ޢިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2024 ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވެފައިވާކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތް ކޮށްދެއްވުމަށް ކުރިމަތިލެވޭނީ މިފަދަ ޚިދުމަތް ދެއްވާ އޮތޮރައިސްޑް ރީސެލަރއިން ނަށެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
8 މުޙައްރަމް 1446
14 ޖުލައި 2024