ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ ކައުންސިލް އިދާރާގެ ލޯގޯ އަދި އަދި ޔުނިފޯމް ކިޓް ފަރުމާކުރުމާގުޅޭ

މިއިދާރާގެ ނަންބަރު (IUL)259/2024/50 (11 ޖޫން 2024) އިޢުލާނާއި ގުޅިގެން ހދ.ފިނޭ ކައުންސިލް އިދާރާގެ ލޯގޯ އަދި އަދި ޔުނިފޯމް ކިޓް ފަރުމާކޮށްދިނުމަށް އެދި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ލޯގޯ ފަރުމާ ކޮށްދިނުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 5,000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި:  14 އޮގަސްޓް 2024 | 13:00

ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރުން: 6528119

 މި މަސައްކަތުގެ "މައުލޫމާތު ޝީޓު'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2024
ހޯދާ