| މަގާމު: | ހިއުމަން ރިސޯސް އޮފިސަރ | 
| ބޭނުންވާ ޢަދަދު: | 01 (އެކެއް) | 
| ބޭނުންވާ މުއްދަތު: | ވަޒީފާއަށް ނެގޭ ތާރީޚުން ފެށިގެން 20 އޮކްޓޯބަރ 2024ގެ ނިޔަލަށް | 
| މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް އޮފިސަރ ގރ1 | 
| މަގާމުގެ ރޭންކް: | ޖީ.އެސް.1 | 
| މަގާމުގެ ގިންތި: | ވަގުތީ | 
| ވަޒިފާއަދާ ކުރަންޖެހޭ ތަން: | ހިއުމަން ރިސޯސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ | 
| އަސާސީ މުސާރަ:(މަހަކު) | 3,565.00ރ | 
| ސަރވިސް އެލަވަންސް:(މަހަކު) | 1,500.00 ރ | 
| އެހެނިހެން އެލަވަންސް: | އެކްސްކްލޫސިވް ޖޮބް އެލަވަންސް: | އަސާސީ މުސާރައިގެ %50 (ފަންސާސް) އިންސައްތަ | 
|   | ހާޒިރީ އެލަވަންސް: | 200 ރ (ހާޟިރުވާ ކޮންމެ ރަސްމީ ދުވަހަކަށް) | 
|  | ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| މަޤާމުގެ އަސާސީ ޝަރުތު: |   ސާނަވީ އިމްތިހާނަކުން 2 މާއްދާއިން  ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.   | 
| އެހެނިހެން މަޢުލޫމާތު: | މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ މަސައްކަތުގެ ދާއިރާތައް: •މެނޭޖްމެންޓް •ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް •އެޑްމިނިސްޓްރޭޝަން ތަޢުލީމީ ރޮނގުތައް: •ބިޒްނަސް އެޑްމިނިސްޓްރޭޝަން •ބިޒްނަސް މެނޭޖްމެންޓް •ހިއުމަން ރިސޯސް މެނޭޖްމެންޓް •ޕަބްލިކް އެޑްމިނިސްޓްރޭޝން •މެނޭޖްމެންޓް 
މި މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 4 ގެ ސަނަދެވެ. އަދި ލެވެލް 5 ން ފެށިގެން މަތީ ސަނަދުތައް މި މަގާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.މި މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަގާމުގެ އަސާސީ ޝަރުތު ފުރިހަމަ ނުވާނަމަ މަގާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. މަގާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަގާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަގާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަގާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަގާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ދާއިމީކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތާއި، މުވައްޒަފުންގެ މަސައްކަތަށް އަންނަ ބަދަލުތައް ދިރާސާކޮށް ވަޒީފާބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުންމުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީގެ ރެކޯޑުފަދަ މުވައްޒަފުންނާއި ގުޅުންހުރި ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމާއި އަދި މިނޫންވެސް ރެކޯޑްތައް ބެލެހެއްޓުން.އޮތޯރިޓީގެ މުވައްޒިފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުސާރަދިނުމުގެ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ މަސައްކަތްތައްކުރުމާއި މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރުމުގެ ގޮތުން ރިވޯޑް ދިނުމުގައި އެހީތެރިވެދިނުން.މުވައްޒަފުންނަށް ދޭންޖެހޭ ކުރިއެރުމާއި، ޕްރޮމޯޝަނާއި ގުޅޭ އޮނިގަނޑެއް އެކުލަވާލާ ޕްރޮޝޯނާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.މުވައްޒަފުން ރީޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.އޮތޯރިޓީގެ އިދާރީ އޮނިގަނޑުގެ މަސައްކަތުގައި އެހީތެރިވެދިނުން.މުވައްޒަފުންނާއި ގުޅޭ ޕޮލިސީތަކާއި އެސް.އޯ.ޕީތައް އެކުލަވައި ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.އަލަށް ވަންނަ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.ރާއްޖެއިން ބޭރަށް މުވައްޒަފުން ކުރާ ދަތުރުތަކާއި ގުޅިގެން ދޭންޖެހޭ އެލަވަންސްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުގެ ޓިކެޓް ނެގުމުގެ ކަންތައް ޕްރޮކިއުމަންޓް ޔުނިޓާއި ގުޅިގެން ހަމަޖެއްސުން.އޮތޯރިޓީގެ އިޖްތިމާޢީ ހަރަކާތްތައް ވިލަރެސްކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެހީތެރިވެދިނުން.އޮތޯރިޓީގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ދިރާސާތައްކޮށް އޮތޯރިޓީގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ  ޓްރެއިނިންގ ނީޑްސް އަދި ހިއުމަން ރިސޯސްގެ އަހަރީ އެސެސްމަންޓެއް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖޭންބޭރުން ބޭނުންވާ ތަޢުލީމާއި ތަމްރީނު އަދި މަސައްކަތަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހުނަރު ލިއްބައިދިނުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަގު ތަނަވަސްކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގައި އެއްބާރުލުން ދިނުމާއި، އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.އޮތޯރިޓީއިން ހިންގާ އެކިއެކި ތަމްރީނުތަކުގައި ހުށަހެޅޭ ސެޓްފިކެޓްފަދަ ލިޔުން ރަޖިސްޓްރީކުރުމާއި، އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވާ މިފަދަ ތަމްރީނާއި، އެހެނިހެން ތަމްރީންތަކުގެ ތަފްސީލް އެކުލަވާލާ ބެލެހެއްޓުމުގައި އެހީތެރިވެދިނުން. ހިއުމަން ރިސޯސް ޔުނިޓުން ހިންގާ ޕްރޮގްރާމްތައް އިވެލުއޭޓްކުރާނެ ނިޒާމެއް ގާއިމްކުރުމުގައި އެހީތެރިވެދިނުން.އޮތޯރިޓީއަށް ލިބޭ ރާއްޖެއާއި އަދި ރާއްޖޭންބޭރުގެ ކޯސް، ސެމިނަރ، ވާރކްޝޮޕް، ޖަލްސާގެ ދަތުރުތަކަށް މީހުން އައްޔަންކޮށް ދަތުރުތަކުގެ ކަންތައްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުމާއި، ކަމާބެހޭ ރިކޯޑްތައް ބެލެހެއްޓުން.މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން މަސައްކަތުގައި ބޭނުންވާނެ ތަޢުލީމާއި ތަޖްރިބާ ހޯދައިދިނުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.ޖެނެރަލް ސްޓާފް މީޓިންތައް ރޭވުމާއި އެބައްދަލުވުންތަކާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.އޮތޯރިޓީގެ ހިއުމަން ރިސޯސްކޮމިޓީގެ އިދާރީ މަސައްކަތްކުރުން.އޮތޯރިޓީގެ ގްރީވަންސްކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.ސެކްޝަންތަކުގެ ކުރިއަށްގެންދާ ބައްދަލްވުންތަކުގެ ލިޔެކިޔުންތަކާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން އެޗް.އާރް ސެކްޝަނުން ޖަވާބު ދާރީވާންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދާރީވުމަށް އެހީތެރިވެދިނުން.އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލްކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން. 
 އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން. 
ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތްކުރުން.މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ނޯޓް: 
ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ގަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަގާމުގެ ނަން، މަގާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މައުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.   | 
| މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: | މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ. 
ތަޢުލީމާއި ތަމްރީން: %40މަސައްކަތު ތަޖުރިބާ: % 12ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ. | 
| މަގާމަށް އެދެންވީގޮތާއި ސުންގަޑި: | 
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | 
ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި، މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ. |