ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 2  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 ޔުނިޓް/ ސެކްޝަން:  | 
 މި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ހައްދުންމަތީގަމު ކައުންސިލް އިދާރާ  | 
| 
 މުސާރަ:  | 
 -/6295 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 -/2000 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 
 
 
 
 މަޤާމުގެ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:  | 
  | 
| 
 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 1 - ތަޢުލީމާއި، ތަމްރީން. 2 - މަސައްކަތުގެ ތަޖުރިބާ. 3 - މަސއްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލްކަމާއި ސިފަތައް  | 
| 
 އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:  | 
 2015 ޖޫން 1 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ލ. ގަމު ކައުންސިލްގެ އިދާރާ (މަލްޓިޕާޕަސް ބިލްޑިންގ، ލ. ގަން ތުނޑި)  | 
| 
 
 އުޖޫރައާއި، އިނާޔަތްތައް:  | 
 - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ބަންދުދުވަހުގެ ފައިސާ. - މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެ. - އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެ.  | 
| 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ލ. ގަމުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6800766 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6800767 އެވެ.  | 
3 ޝަޢުބާން 1436
