މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އިމާމު / މުދިމު

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

 

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. މަޑުއްވަރީގެ މިސްކިތްތައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2. ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު މުދިމް މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި އިދާރާއަށް އެކަން އެންގުން.

3. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް މަޑުއްވަރީ ކައުންސިލް އިދާރާއަށް އަންގައިގެން އެކަން ރަނގަޅުކުރެވޭތޯ ބެލުން.

4. މަޑުއްވަރީ ކައުންސިލް އިދާރާއިން އެއިރަކު އިންތިޒާމުކުރާ މިސްކިތެއްގައި،  ކޭތަ ނަމާދާއި، ތަރާވީޙް ނަމާދު އިމާމުވެ ކުރުން.

5. މަޑުއްވަރީ ކައުންސިލް އިދާރާއިން އަންގައިފިހިނދެއްގައި ސަރުކާރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަށުނަމާދުކުރުމާއި، މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

6. މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.

7. މިސްކިތު މަސައްކަތުމީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުސޫލެއްގެމަތިން، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

 

މަޤާމް

ރޭންކް

ކްލެސިފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ.އެސް. 1

 

 

 

އެސިސްޓެންޓް އޮފިސަރ

ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

3565.00

1500.00

އިމާމް

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ  ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465.00

1500.00

 

 

އިމާމް

 

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

00.5020

1500.00

 

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5610.00

2000.00

އެމް.އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6295.00

 

 

2000.00

 

 

އިސް އިމާމު

 

އެމް.އެސް 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

7035.00

2000.00

 

މުދިމް

(ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާގައި ގެންގުޅުމަށް)

 

 

ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއް ކަމުގައިވުން (މަތީގައިވާ މަގާމުތަކުގެ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް މި މަޤާމަށް މީހަކު ނަގާނީ، މަތީގައިވާ އެއްވެސް މަޤާމަކަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

ދުވާލަކަށް 118.83 ރުފިޔާ

ދުވާލަކަށް 50.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްއާއި، އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން ކަނޑއެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ އަޑުން ހަދާފައިވާ ބަންގި، ޤަމަތް، ސޫރަތުލް ފާތިޙާ، ސޫރަތުލް އަޢުލާ، ސޫރަތުލް ޣާޝިޔާ، ސޫރަތުއްޟުޙާ، ސޫރަތުއް ނަޝްރަޙް، ސޫރަތުލް އިޚްލާޞް، ސޫރަތުލް ފަލަޤް، ސޫރަތުއްނާސިގެ ރެކޯޑިންގ (ސީ.ޑީއެއްގައި، ސީ.ޑީގައި ނަން ޖަހާފައި)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކޮށް، ވަޒީފާ އަދާކޮށްފައިވާ ތަންތަނުން/އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މޭ 31 ވާ ހޯމަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާއަށް.

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، މި އިދާރާގެ 6580026 ނަންބަރު ފޯނާއެވެ.

 

2 ޝަޢުބާން 1436

20 މޭ 2015
ހޯދާ