ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ފޭދޫ އަވަށުން 20 ބިން ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ ފޭދޫ އަވަށުގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.
# |
ކުލީ ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ކުއްޔަށް ދޫކުރާ ބޭނުން |
IZ001 |
5000 އަކަފޫޓް |
ގާއަޅާއި ގާވިއްކުމުގެ މަސައްކަތަށް |
|
IZ002 |
5000 އަކަފޫޓް |
||
IZ003 |
5000 އަކަފޫޓް |
||
IZ004 |
5000 އަކަފޫޓް |
||
IZ005 |
5000 އަކަފޫޓް |
ވެހިކަލްތަކުގެ މެއިންޓެނެންސް އަދި ޓިންކަނރިން ފަދަ ކަންކަމަށް ގަރާޖު ހިންގުމުގެ މަސައްކަތަށް
|
|
IZ006 |
10000 އަކަފޫޓް |
||
IZ007 |
10000 އަކަފޫޓް |
||
IZ008 |
10000 އަކަފޫޓް |
||
IZ009 |
2470 އަކަފޫޓް |
ހައިޑްރޯ ފޮނިކްސްގެ މަސައްކަތާއި އެކަމާއި ގުޅޭ ވިޔަފާރިކުރުމަށް |
|
IZ010 |
2800 އަކަފޫޓް |
||
IZ011 |
3000 އަކަފޫޓް |
ވަޑާންގެ އާއި ވޯރކްޝޮޕް މަސައްކަތްތަކަށް
|
|
IZ012 |
3000 އަކަފޫޓް |
||
IZ013 |
3000 އަކަފޫޓް |
||
IZ014 |
3000 އަކަފޫޓް |
||
IZ015 |
3000 އަކަފޫޓް |
||
IZ016 |
3000 އަކަފޫޓް |
||
IZ017 |
3000 އަކަފޫޓް |
||
IZ018 |
13276 އަކަފޫޓް |
މުދާ ރައްކާކުރާ ގުދަން / ވެއަރ ހައުސް އެޅުމަށް
|
|
IZ019 |
00710 އަކަފޫޓް |
||
IZ020 |
11242 އަކަފޫޓް |
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
# |
ތަފްޞީލް |
ތާރީޚް، މުއްދަތު އަދި ގަޑި: |
ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. |
14 ޖުލައި 2024އިން 25 ޖުލައި 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް |
މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ.
|
14 ޖުލައި 2024އިން 25 ޖުލައި 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް |
ބީލަން ހުށަހެޅުން |
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
|
08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 |
މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
05 މުޙައްރަމް 1446
11 ޖުލައި 2024