ދިވެހިރާއްޖެ
ނަންބަރު: (IUL)320-PRM/320/2024/73
އިޢުލާން
" އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1446"
2024 އޯގަސްޓް މަހުގެ 08 ން 10 އަށް މިއިދާރާގެ ފަރާތުން "އޭދަފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް" ގެ ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ކުދިންތަކެއް އުފެއްދުމާއި، އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތަށް ކުދިން ހޮވުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިންނެވެ.
މިމުބާރާތުގައި ސްކޫލް، ކްލަބް ޖަމްޢިއްޔާތަކާއި، މިރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ ދެންނެވީމެވެ.
މިމުބާރާތުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މުޙައްރަމް 1446