ދިވެހިރާއްޖެ
އިޢުލާން
ބާ އިންޖީނުގޭގައި ވަގުތީ ގަރާޖް ހެދުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން |
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބާ އިންޖީނުގޭގައި ވަގުތީ ގަރާޖް ހެދުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.
ކޯޓޭޝަން ހުށަހެޅުން:
ކޯޓޭޝަން ހުޅުވުން އޮންނާނީ 14 ޖުލައި 2024 (އާދިއްތަ) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ މީޓިން ރޫމްގައެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
05 މުހައްރަމް 1446
11 ޖުލައި 2024