ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި އޮތޯރިޓީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތުސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ޖުލައި 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުން
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 2024 ޖުލައި 23 ވަނަ ދުވަހުގެ 10:00 އަށް
- ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
- އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
11 ޖުލައި 2024
ހޯދާ