ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް
އިޢުލާން
ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 18 ޖުލައި 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުން
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 23 ޖުލައި 2024 ވަނަ ދުވަހުގެ 10:30 އަށް
- ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
- އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.
11 ޖުލައި 2024
ހޯދާ