ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ގައްދޫ ކައުންސިލް އިދާރާއަށް ބެކްހޯވ ލޯޑަރއެއް ސަޕްލައިކުރުން.

ގދ. ގައްދޫ ކައުންސިލް އިދާރާއަށް ބެކްހޯވ ލޯޑަރއެއް ސަޕްލައިކުރުން.

 

މިއިދާރާގެ ނަންބަރ: (IUL)419/419/2024/74 އިއުލާންއިން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ 02ވަނަ ފަހަރަށް، މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބެކްހޯވ ލޯޑަރ އެއް ސަޕްލައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ޖުލައި 11 ދުވަހުން ފެށިގެން 2024 ޖުލައި 17 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އިން ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވުމަށްއެދޭ ފޯމް ފޮނުވަންވާނީ [email protected] މެއިލްއަށެވެ.

ބީލަމާއިގުޅޭ މައުލޫމާތު ޝީޓާއި އަދި އެހެނިހެން ލިޔުންތައް ބީލަމަށް ރަޖިސްޓްރީކުރުމުން، ރަޖިސްޓްރީ ކުރެވިފައިވާ މެއިލްއަށް ފޮނުވޭނެއެވެ. މި ބީލަމުގައި ޕްރީ ބިޑް މީޓިންގ އެއް ނޯންނާނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 7905301 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

ބީލަން ބަލައިގަތުމާއި ހުޅުވުން

ތަން

2024 ޖުލައި 11 އިން 17 އަށް

ގަޑި: 13:00

 

ތާރީޚް:  2024 ޖުލައި 25 ވާ ބްރާސްފަތި  ދުވަސް

ގަޑި: 11:00

ގދ.ގައްދޫ ކައުންސިލް އިދާރާ

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޖުލައި  2024  

11 ޖުލައި 2024
ހޯދާ