ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުރޯދި ދޯނީގެ އިންޖީނު ނީލަންކިޔުން

މިރަށު ރައްޔިތުންގެ "ވިލުރޯދި" ދޯނިން ނެގި ޔަންމާ350 ހޯސްޕަވަރުގެ އިންޖީނު ސިޓީން އަގު ހުށަހަޅާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ ނަމްބަރ: 383-04/2024/158 (15 މެއި 2024) ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މި އިންޖީނު ނީލަންކިޔުން 2024 ޖުލައި 17 ވާ ބުދަ ދުވަހުންފެށިގެން ހުޅުވާލައިފީމެވެ.  ނީލަމާބެހޭ މައުލޫމާތު ތިރީގައިއެވަނީއެވެ.

1)      އިންޖީނުގެ ބާވަތް:  ޔަންމާ 350 ހޯސްޕަވަރ (ގިޔަރުސެޓް ނެތް)

2)      އިންޖީނު ބޭނުންކޮށްފައިވާ މުއްދަތު: 14 އަހަރު

3)      އިންޖީނު ހުރިތަން: ވިލުފުށީގައި

4)      ނީލަންފެށޭ އަގު:-/150000 ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ)

5)      ނީލަން އަގު މަތިކުރެވޭ އެންމެކުޑައަގު: -/20000 ރ (ވިހިހާސްރުފިޔާ)

6)      ނީލަމަށް އަގު ހުށަހަޅާނެގޮތް: ސިޓީމެދުވެރިކޮށް އީމެއިލުން ނުވަތަ ކައުންސިލް އިދާރާއަށްދުރުވެއެވެ.

7)      ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި އަގު އާއްމު ކުރުމަށްޓަކައި ބޯޑަށް އެރުވޭނީ އެދުވަހެއްގެ  11.45 ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެންއަންނަ ދުވަހުގެ 12.00 ގައެވެ.

8)      ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަންނިމޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގުއަރުވާ ގަޑިންފެށިގެން 48 ގަޑި އިރު ވުމުންނެވެ.)

9)      އިންޖީނު ނީލަމުންނަގާ ފަރާތުން ނީލަން ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު އިންޖީނު 15 ދުވަހުގެތެރޭގައި އިންޖީނު ހުރިތަނުން ނަގައިގެން ގެންދަންވާނެއެވެ. އިންޖީނުގެ ފޮޓޯ އިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

މިކަމާގުޅިގެން އިތުރުމައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9998494 ނަންބަރު ފޯނާއެވެ. އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ މެއިލް ކުރަށްވާނީ މިއިދާރާގެ އީމެއިލް [email protected] އަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

10 ޖުލައި 2024
ހޯދާ