ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިއަހަރުގެ ރަމަޟާން މަހު މިފްކޯ މަސް ފިހާރައިގައި މިދަންނަވާ މަޤާމުތަކުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ހީވާގި މީހުން ބޭނުންވެއެވެ.
- ކޭޝިއަރުން
- ފްލޯ އެސިސްޓެންޓުން
މިމަޤާމްތަކަށް ވަގުތީ ގޮތުން ނެގޭ މީހުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޝިފްޓް އުސޫލުންނެވެ. ނަމަވެސް ވަޒީފާއަށް ހޮވުމުގައި ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޝިފްޓްތަކުގެ ތަފުސީލު
ހޮނިހިރު - ބުރާސްފަތި
- ހެނދުނު ޝިފްޓް: ހެނދުނު 09:30 އިން ހަވީރު 16:00 އަށް (މެންދުރު 12:00 އިން 13:00 އަށް ބްރޭކް)
- ހަވީރު ޝިފްޓް: ހަވީރު 03:00 އިން ރޭގަނޑު 10:00 އަށް (ހަވީރު 5:30 އިން ރޭގަނޑު 08:30 އަށް ބްރޭކް)
ހުކުރު ދުވަހު:
- މެންދުރުފަހު ޝިފްޓް: މެންދުރުފަހު 14:00 އިން ހަވީރު 17:30 އަށް
- ރޭގަނޑު ޝިފްޓް: ރޭގަނޑު 08:30 އިން ރޭގަނޑު 10:00 އަށް
މުސާރަ: ދުވާލަކު 1 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ 3000.00 ރުފިޔާ
ދުވާލަކު 2 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ 6000.00 ރުފިޔާ
- މިމަޤާމްތަކަށް މީހުން ހޮވުމުގައި ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މިމަޤާމްތަކުގައި މަސައްކަތް ކުރާ މީހުންނަށް މަސައްކަތާއި ގުޅޭ ގޮތުން ތަމްރީން ދެވޭނެއެވެ.
- ވަޒީފާގެ މުއްދަތަކީ 01 މަސް ދުވަސް.
- އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ މީހުން 26 މޭ 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިބިލައްވާފައިވާ ސެޓްފިކެޓް ކޮޕީ، އައި.ޑީ.ކާޑު ކޮޕީ އާއެކު މިފްކޯ ހެޑް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިފްކޯ ހެޑް އޮފީހުގެ ފޯން ނަންބަރު 3323932 އަށް ގުޅުއްވުން އެދެމެވެ.
01 ޝަޢުބާން 1436