މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް މިއަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ މައިގަނޑު މަގްސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މިގޮތުން، މިދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްއެއް 6 އޯގަސްޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިރީގައި އެވާ ދާއިރާތަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިތައް މި ކޮންފަރަންސްގައި ބައިވެރިވުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

  • ދަނޑުވެރިކަން
  • މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
  • ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
  • ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
  • ފަތުރުވެރިކަމާއި ބެހޭ ދާއިރާ

މި ކޮންފަރެންސްގައި މަތީގައިވާ ދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވާރކް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވީމާ، މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސް ގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން 18 ޖުލައި 2024 ގެ 14.00 ގެ ކުރިން، އެކަން ބަޔާންކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު  ހުށަހެޅުއްވުމަށް އެދެމެވެ. ކޮންފަރަންސްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ތިރީގައިވާ ލިންކުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ. 

https://forms.office.com/r/6Hg5iPr2ua?origin=lprLink

 

އަދި މި ކޮންފަރަންސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333181 ނުވަތަ 3333182 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 މުޙައްރަމް 1447

10 ޖުލައި 2024

 

10 ޖުލައި 2024
ހޯދާ