މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ކޯޓުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާ ގުޅޭ

މި ކޯޓުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ނީލަމުން ނަންގަވާ ތަކެތީގެ އަގު 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv/ އަށް ދެއްކުމަށްފަހު މި ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ހަމަޖެހިފައިވާ އުސޫލުން ތަކެތި ނައްތާލެވޭނެއެވެ.

10 ޖުލައި 2024
ހޯދާ