ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2024/22
އިޢުލާނު
ސަހަރާ ފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.
މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށްސަހަރާ ފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ. އީމެއިލް މެދިވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އީމެއިލް ކުރާނީ މިއިދާރާގެ [email protected] އަށެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 2024 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށްހާޒިރުވެ އެކަމަށްކަނޑައެޅިފައިވާ ބައްދަލުވުމުގައެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެންނެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު (2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅު މަށް ހާޒިރުވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެ އަސްލު ގެންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިވާ ފަރާތްތަކުން ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
04 މުޙައްރަމް 1446
10 ޖުލައި 2024