މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ސައުދީ ރަސްގެފާނު ދެއްވި ކަދުރު ބެހުމާބެހޭ

އިޢުލާން

އެހެންއަހަރުތަކެކޭވެސް އެއްފަދައިން މިހިނގާ 1436 ވަނައަހަރުގެ ރަމަޟާންމަހަށް ސައުދީ ރަސްގެފާނު ކަދުރު ހަދިޔާ ކުރައްވާފައިވާކަން ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ނަންބަރު 221AF/2015/43 (ތާރީޚު:22 އެޕްރީލް 2015) ސިޓީންވަނީ މިއިދާރާއަށް އަންގަވާފައެވެ. އެސިޓީގައިވާ ގޮތުން މުޅިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކުރައްވާފައިވަނީ 50 މެޓްރިކްޓަނު ކަދުރެވެ. މާލެސިޓީއަށް ހަދިޔާ ކުރައްވާފައިވަނީ 8740 ކިލޯ ކަދުރެވެ. އެއީ ވިލިގިއްޔާ ހުޅުމާލެ ހިމަނައިގެންނެވެ.

މާލޭ ސިޓީގައި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް 2 ކިލޯގެ 1 ޕެކެޓެވެ. ކަދުރު ދޫކުރާނީ މާލޭ ރަށްވެހިންނަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމުންނެވެ. ކޮންމެ ބޭފުޅަކަށް ދޫކުރާނީ 2 ގޭބިސީގެ ކަދުރެވެ. މާލޭ ރަށްވެއްސެއްކަމަށް ބަލާނެ ހެތްކަކީ އައިޑީކާޑާއި ދަފްތަރުގައި ޖައްސަވާފައިވާ ބޭފުޅެއްނަމަ މާލޭ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓްގެ ކޮޕީއެވެ. މިގޮތުން ހަމަޖެއްސީ މާލޭރަށްވެހިންނަށް ބެހުމަށް ދޫކޮށްފައިވާ ކަދުރު ވީހާވެސް ގިނަރަށްވެހިންނަށް ބެހުމުގެ ބޭނުމުގައެވެ.

ކަދުރު ބެހުމަށް ހަމަޖައްސާފައިވާ ގަޑިތައް

ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެދުނު 09:00 ން 13:00 ށް

ހޮނިހިރު ދުވަސް ހެދުނު 09:00 ން 16:00 ށް

ހުކުރު ދުވަސް މެންދުރުފަހު 14:00 ން 16:00 ށް

ނަންބަރު ދޫކުރާނީ ހުކުރު ދުވަސްފިޔަވާއި އެހެން ދުވަސްތަކުގައި ހެދުނު 08:30 ން 09:00 އާދެމެދު، ދޫކުރާނީ 100 ނަންބަރެވެ. ހުކުރު ދުވަހުގައި 14:00 ން 14:30 ށް 50 ނަންބަރެވެ.

ކަދުރުބަހާނީ 23 މޭ 2015 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަދުރު ހުސްވަންދެނެވެ. ކަދުރު ބަހާނީ މިއިދާރާގެ ކޮމިއުނިޓީ ހެލްތު އެންޑް ހިއުމަން ސަރވިސް ސެކްޝަން ( ކުރީގެ ހެންވޭރު އަވަށުއޮފީސް) އިންނެވެ. އަދި ހުޅުމާލެ ރައްވެހިންނަށް ކަދުރުބަހާނީ އެޗް.ޑީ.ސީ އިންނެވެ. ވިލިމާލޭގެ ރައްވެހިންނަށް ކަދުރުބަހާނީ މިއިދާރާގެ ވިލިމާލެ ސެކްޝަނުންނެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ