ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓްއެއް ކުއްޔަށް ހޯދަން ބޭނުންވެއްޖެ
ޅ.މާފިލާފުށިގައި ދިރިއުޅެމުންއައި އާޢިލާތައް ބަދަލު ކުރުމުގެ މަސައްކަތުގައި ޅ.މާފިލާފުށީން ކ.ތުލުސްދޫއަށް ބަދަލުވުމަށް ބޭނުންވެ އެކަމަށް އެދިފައިވާ އާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމެންދެން ވަގުތީގޮތުން ބޯހިޔާވަހިކަމެއް ޅ.ނައިފަރުން ހަމަޖެއްސުމަށްޓަކައި 2 ކޮޓަރީގެ އެޕާޓްމަންޓްއެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ 2 ކޮޓަރީގެ އެޕާޓްމަންޓްއެއް މަހުކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ބައްލަވައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމެންޓް ވިއްކުން 20 މޭ 2015 ބުދަ ދުވަހުން ފެށިގެން 25 މޭ 2015ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ޕްރީ ބިޑް މީޓިންގ 25 މޭ 2015 ހޯމަ ދުވަހުގެ 14:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ބިޑް އޯޕަން މީޓިންގ 02 ޖޫން 2015 އަންގާރަ ދުވަހުގެ 14:00ގައި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި |
ބިޑް ޑޮކިއުމެންޓް ގެ އަގަކީ -/30 (ތިރީސް) ރުފިޔާއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދު ނޫން ދުވަސްދުވަހު 08:30 އިން 12:30 އާދެމެދު ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއިންނެވެ. ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތުގެ ނަމުގައެވެ. ބިޑް ބައްލަވާނުގަންނަވާ ފަރާތަކުން ޕްރީ ބިޑް މީޓިންގ ގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޝަޢުބާން 1436