ދިވެހިރާއްޖެ
މި ކޯޓުގެ ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު R1C-A/2015/5 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ (މެންދުރު 2:00 އަށް) މި ކޯޓަށް ވަޑައިގެން، މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 02:00 ގައި މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ އިސްވެ ދެންނެވި ތާރީޚުގެ ސުންގަޑިއަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ހޯއްދަވާ ފަރާތްތަކަށެވެ.
ޓެންޑަރ ކުރެވިފައިވާ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައި މިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ. އަދި ބިޑް އެވޯޑް ކުރެވޭނީ ހުށަހަޅާ ބީލަންތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހާސިލުކުރާ ފަރާތަކަށެވެ.
1 |
އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް |
60 ޕޮއިންޓް |
2 |
އެކަށީގެންވާ އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް |
15 ޕޮއިންޓް |
3 |
ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަޖުރިބާއަށް |
10 ޕޮއިންޓް |
4 |
ފަންނީ ޤާބިލުކަމަށް |
05 ޕޮއިންޓް |
5 |
މާލީ ޤާބިލުކަން |
10 ޕޮއިންޓް |
|
ޖުމުލަ |
100% |
01 ޝަޢުބާން 1436