ކްލާސްރޫމްތަކުގެ ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުކުރުން
- މި ސްކޫލުގެ ކްލާސްރޫމްތަކުގެ ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޖުލައި 10 ން 21 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި 2024 ޖުލައި 11 ވަނަ ދުވަހުގެ 13:00 ގައި އުލިގަމު ސްކޫލް އޮފީހުގައި ޕްރީބިޑް މީޓިންގް އޮންނާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/en4r68SKFuLnq96X7
- މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖުލައި 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖުލައި 22 ވަނަ ދުވަހުގެ 13:00 ގައި އުލިގަމު ސްކޫލް އޮފީހުގައެވެ.
- މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑްމިނިސްޓްރޭޝަން ސެކްޝަން
އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ
ފޯން: 6500548
އީމެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
|