ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ހދ. ނައިވާދޫން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަގޯތީގެ ޢަދަދާ ގުޅޭ!
ހދ. ނައިވާދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރ (IUL)260/260/2023/2 (27 ފެބްރުއަރީ 2023) އިއުލާނާއި ގުޅިގެން މިފަހަރު މިރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2048 އަކަފޫޓުގެ 76 ގޯއްޗެވެ. އެއީ މިހާރު ގޯތި ދޫކުރުމަށް ފަށާފައިވާ ސަރަހައްދުން 45 ގޯއްޗާއި ފުނަގަސްމަގު ދެކުނުން ދަނޑުބިމާ ދެމެދުން 30 ގޯއްޗާއި އަދި ކުރިން ގެވަޅު ލިބިފައިވާ ފަރާތަކުން ދޫކޮށްލާފައިވާ 1 ގޯއްޗެވެ.
ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ދޫކުރާ ސަރަހައްދު އެގޭނެ ޗާޓެއް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ޖުލައި 2024