ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބޮނަވެންޗަރ ޓްރެއިނިންގ ޕްރޮގްރާމް

މިއީ ބޮނަވެންޗަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓުވަރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން މީހުން ތަމްރީންކުރުމަށް ހިންގޭ ޓްރެއިނިންގ ކޯސްތަކެކެވެ.

ފެކަލްޓީ

ފެންވަރު

އަދަދު

ކޯހުގެ ނަން

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ޑިޕްލޮމާ

02

ހޮސްޕިޓެލިޓީ މެނޭޖްމަންޓް

ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީ (އެމް.އެން.ޔޫ،ކުޅުދުއްފުށީ ކެމްޕަސް، ހދ.ކުޅުދުއްފުށި)

ޑިޕްލޮމާ

01

މެކޭނިކަލް އިންޖިނިއަރިންގ

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ސެޓްފިކެޓް 3

03

ޕެޓިސަރީ

ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީ (އެމް.އެން.ޔޫ، މާލެ)

ސެޓްފިކެޓް 3

02

އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ސެޓްފިކެޓް 3

06

ކަލިނަރީ އާރޓްސް

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ސެޓްފިކެޓް 3

04

ފްރަންޓް އޮފީސް އޮޕަރޭޝަންސް

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ސެޓްފިކެޓް 3

06

ފުޑް އެންޑް ބެވަރެޖް އޮޕަރޭޝަންސް

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، (އެމް.އެން.ޔޫ،މާލެ)

ސެޓްފިކެޓް 3

02

ހައުސްކީޕިންގ އޮޕަރޭޝަންސް

 

ސެޓްފިކެޓް 3

 

ކޯހުގެ މުއްދަތު: 0.5 އަހަރު ( 1 ސެމިސްޓަރ )

1. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ،

2. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ އަށް ހުށަހަޅުއްވާ ބޭފުޅުން ގުޅުން ހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

3. އުމުރުން 18 އަހަރު ފުރިހަމަވުމާއި އެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި،

4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 28 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން:

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން

ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބެންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" ( ސްޕެޝަލް ކްރައިޓީރިއާ އުސޫލު) ގެ ދަށުންނެވެ.

ކޯހުގެ ޝަރުޠުތައް

ކޯހުގެ މުއްދަތު: މެކޭނިކަލް އިންޖިނިއަރިންގ 1.5 އަހަރު (3 ސެމިސްޓަރ )

ކޯހުގެ މުއްދަތު: ހޮސްޕިޓެލިޓީ މެނޭޖްމަންޓް 2އަހަރު (4 ސެމިސްޓަރ )

ޑިޕްލޮމާ

ޑިޕްލޮމާ އިން ހޮސްޕިޓެލިޓީ މެނޭޖްމަންޓް

1. ޖީ.ސީ.އީ އޯ ލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ،

2. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ،

3. ގްރޭޑް 10 ނިންމާފައިވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. ނުވަތަ،

4. އުމުރުން 16 އަހަރު ފުރިހަމަވުމާ އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން  ނުވަތަ،

4. އުމުރުން 18 އަހަރު ފުރިހަމަވުމާ އެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި،

6. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުންތިރީގައިވާ މުއްދަތަށް 28 މެއި 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާދަރިވަރެއް ނަމަ މަދުވެގެން 01 އަހަރު ޚިދުމަތްކޮށްފައިވުން

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

7. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބެންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" (ސްޕެޝަލް ކްރައިޓީރިއާ އުސޫލު) ގެ ދަށުންނެވެ.

ޑިޕްލޮމާ އިން  މެކޭނިކަލް އިންޖިނިއަރިންގ

1. ޖީ.ސީ.އީ އޭ ލެވެލް ގެ ހިސާބު އަދި ފިޒިކްސް އިން ފާސްވެފައިވުމާ އެކު ސީ.އޭ.އީ އިނގިރޭސިންގ ފާސްވެފައިވުން. ނުވަތަ،

2. މެކޭނިކަލް އިންޖިނޭރު ކަމުގެ ޑިޕްލޮމާ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން ނުވަތަ،

3. މެކޭނިކަލް އިންޖިނޭރު ކަމުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ޚާސިލުކޮށްފައިވުން. އަދި

4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުންތިރީގައިވާ މުއްދަތަށް 28 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބެންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިޢިއުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު" ( ސްޕެޝަލް ކްރައިޓީރިއާ އުސޫލު) ގެ ދަށުންނެވެ.

ކޯހުގެ ޝަރުޠުތައް

  • މިސްކީމްގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ  1(އެކެއް)އެޕްލިކޭޝަންފޯމެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ދިނުމަށް  ހަމަޖެހިފައިވަނީ ކޯސްފީގެ އިތުރަށް ކޯހުގެ މުއްދަތަށް ސްޓައިޕެންޑްގެ ގޮތުގައި ކޮންމެ މަހަކު -/2500ރ (ދެހާސް ފައްސަތޭކަ) ރުފިޔާއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެކްޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓްފިކެޓް/ފައުންޑޭޝަން ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓްފިކެޓާއިއެކު ތަޢުލީމް ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރު އެދޭ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެމަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއްކަމުގައި ވެސް ވެގެންނުވާނެއެވެ.
  • މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ" ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޙާއްޞަ އުސޫލު" ( ސްޕެޝަލް ކްރައިޓީރިއާ އުސޫލު)ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • އެކެންޑިޑޭޓަކު ސެޓްފިކެޓް ހާސިލު ކުރި ޔުނިވާރސިޓީއެއްގެ ގްރޭޑިންގ އާއްމުކޮށް މިޑިޕާޓްމަންޓްއިން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ޓޫރިސްޓް ރިސޯޓެއްގައި ނުވަތަ ކޯހާއިގުޅޭ އެހެން ދާއިރާއެއްގައި ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުންނުވަތަ ލޯފާރމް އަކުން ތައްގަނޑުޖެހި އަސްލު.( އެޓެސްޓެޑް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭންކޮޕީ ޤަބޫލެއްނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، ސޮއި އަދި ތާރީޚް އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚްތިޔާރު މިޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.
  •  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެކްޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓްފިކެޓާއިއެކު ތަޢުލީމް ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • އައި.ޑީ ކާޑް ކޮޕީ
  • ސަރުކާރު ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ހާސިލުކުރުމަށް އެހީ ލިބުމަށްފަހު "ސެޓްފިކެޓް 3" އަދި "ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރިންގ" ގެ ޝަރުޠު ނަންބަރު 04 އަދި "ޑިޕްލޮމާއިން ހޮސްޕިޓެލިޓީ މެނޭޖްމަންޓް "ގެ ޝަރުޠު ނަންބަރު 06 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 28 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.

 

 

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 28 މޭ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 02 ވަނަ ފަންގިފިލާ)  އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލާ ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަސް 14:30 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv  ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341371 އިން ލިބިވަޑައިގަންނަވާނެއެވެ.

19 މޭ 2015
ހޯދާ