ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރިއަށް ގެންދާ 500 ޙާފިޡުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށާއި، ކުޑަކުދިންގެ ޙިފްޡް ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡް ކްލާސްތަކަށް ވަނުމަށް އިތުރު ފުރުޞަތު ހުޅުވާލަމެވެ.
500 ޙާފިޡުންގެ ޕްރޮގްރާމް
ޝަރުޠު:
- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.
- އުމުރުން 7 އަހަރާއި 25 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުން ފާސްވުން.
ކުޑަކުދިންގެ ޙިފްޡް ކުލާސްތައް
ޝަރުޠު:
- އުމުރުން 7 އަހަރު ފުރިފައިވުން.
- ކީރިތި ޤުރުއާންގެ ކޮންމެ ތަނެއްވެސް ބަލައިގެން ފަރިތަކަމާއެކު ކިޔަން އެނގުން.
- ކީރިތި ޤުރިއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.
ބޮޑެތި މީހުންގެ ޙިފްޡް ކުލާސް
ޝަރުޠު:
ކީރިތި ޤުރުއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.
އުމުރުން 18 އަހަރު ފުރިފައިވުން.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓާރވިއުން ފާސްވުން.
ވީމާ، މި ކްލާސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކްލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 17 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. 500 ޙާފިޡުންގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީ ކޯސް ފުރިހަމަކޮށްފައިވާ ހަގު އުމުރުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ބޮޑެތި މީހުންގެ ޙިފްޡް ކްލާހަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
28 ރަޖަބު 1436