މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ ސެކިއުރިޓީއާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާ ހުރުން
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.

ޝަރުޠު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން
  • އަޚުލާޤު ރަނގަޅު މީހަކު ކަމުގައިވުން

ހުނަރުވެރިކަން: 

  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓިފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

27 މޭ 2015 ވާ ބުދަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

29 ރަޖަބު 1436

18 މޭ 2015
ހޯދާ