މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން                                                                             

މިކޯޕަރޭޓިވް ގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

ލެވެލް: GS-1        

މުސާރަ: 4,465/-ރ

ސަރވިސް އެލަވަންސް: 2,500/-ރ

ލިވިންގ އެލަވަންސް: 2,000/-ރ

އެޓެންޑެންސް އެލަވަންސް: 2,200/-ރ

ބޭނުންވާ އަދަދު: 01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ އޮފީސް: ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް

ޝަރުތު:

  1. ޕްރޮކިއުމަންޓް ނުވަތަ މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛ ނުވަތަ
  2. މަތީ ސާނާވީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ
  3. ސާނާވީ އިމްތިޙާނުން 04 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ގުޅޭ ދާއިރާ އަކުން 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1.  ޕްރިސްކޯގެ ޕްރޮކިއުމަންޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ކޯޓޭޝަން، ޕަރޗޭސް އޯޑަރ، އިންވޮއިސްތަށް ތައްޔާރުކުރުން.
  2.   މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކަށް ފޮނުވަންޖެހޭ މުދާތަށް ފޯރުކޮށްދިނުން. 
  3.   ޕްރޮކިއުމަންޓްއާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ތަރުތީބުން ބެލެހެއްޓުން.
  4.   ޕްރޮކިއުމަންޓްއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަށް ކުރުން.
  5.   ޕްރިސްކޯ ޝޮޕް 02 އަށް ބޭނުންވާ މުދާ ސުޕަވައިޒަރުގެ ލަފާމަތިން ޑެލިވަރީކޮށް ސްޓޮކް ކުރުން.
  6.   ޕްރިސްކޯ ޝޮޕް 02 އަށް ފޮނުވާ މުދާ ކުއިކްބުކްސް އަށް އިންވެންޓްރީ ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

  1.  ތަޢުލީމާއި ތަމްރީން.
  2.  މަސައްކަތުގެ ތަޖުރިބާ.
  3.  ގިނަ ވަގުތު ހީވާގި ކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

އިންޓަރވިއުކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓް:

ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން 2024 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (މޯލްޑިވްސް ކަރެކްޝަނަލް ހެޑް އޮފީސް، ޕީ.އެސް.އެމް ރޭޑިއޯ ބިލްޑިންގ، 03 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.   ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  4.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
  6.   ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ނޯޓް:

އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

09 ޖުލައި 2024
ހޯދާ