މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާބަރ ކެފޭ، ފެރީޓާރމިނަލް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

ހާބަރ ކެފޭ ފެރީ ޓާރމިނަލް ތަރައްޤީކޮއްދޭނެ ފަރާތެއް ހޯދުން

 

          މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ބަނދަރުގައި ހާބަރ ކެފޭ، ފެރީޓާރމިނަލް ތަރައްޤީކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

           މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް[email protected]  މެދުވެރިކޮށް  ވެސް ބަލައިގަނެވޭނެއެވެ.

  • 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 18:00 އިން
  • 10 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން

  • 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ.

ބީލަން ހުށަހެޅުން

  • 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

          ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

          މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2024/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. 

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

08 ޖުލައި 2024
ހޯދާ