ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫއިން ދިރިއުޅުމަށްޓަކާ 2000 (ދެހާސް) އަކަފޫޓުގެ 44 (ސާޅީސް ހަތަރެއް) ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ފޯމް ދޫކުރުން: |
09 ޖުލައި 2024 (އަންގާރަ) ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއިން. (ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ދައުލަތުގެ ގެޒެޓުންވެސް ލިބިވަޑައިގަންނަވާނެ) |
ފޯމް ހުށަހެޅުން: |
16 ޖުލައި 2024 (އަންގާރަ) ދުވަހުންފެށިގެން 15 އޮގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 12:00 އަށް ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް: [email protected] އަށް. |
ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއި، "ތ. އޮމަދޫ އިން ދިރިއުޅުމަށްޓަކާ ބަންޑާރަގޯތި ދޫކުރުމުގެ ޢުޞޫލް" އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.