ދިވެހިރާއްޖެ
ކައުންސިލުން އިސްނަގައިގެން ޒުވާނުންނަށް އަމާޒުކޮއްގެން "މައްތިހުއްޓާ ކަޕް 2024" ނަމުގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމުބާރާތަކީ ކުރިންވެސް ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން ދިޔަ މުބާރާތެކެވެ. މިގޮތުން މިއަހަރު މިމުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2023 ވާ ހޯމަ ދުވަހު ގއ.ނިލަންދޫ ފުޓްސެލް ދަޑުގައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000/- (ދިހަހާސް) ރުފިޔާގެ އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ މެންބަރު ޒިޔާދު މުޙައްމަދު 9114482 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.