މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު
- މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: (IUL)322/322/2024/83 (10 ޖޫން 2024) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2024 ން 14 ޖުލައި 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި، މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމް، މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 14 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- ފޯން: 4005080
- އީމެއިލް: [email protected]
08 ޖުލައި 2024
ހޯދާ